އެވޯޑް ކެޓަގަރީސް

މަހާސަނަދު އެވޯޑް ހަފްލާގައި އެވޯޑް ދެވޭ ތަފާތު ދާއިރާތަށް

ތަކުރުފާނު އެވޯޑް

މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ ރ. މީދޫގެ އުފަން ރައްޔިތެއް ސަރުކާރު މުއައްސަސާއެއްގެ ވެރިޔެއްގެ ހައިސިއްޔަތުން ހިންގުމުގެ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ފަރާތްތައް ބަލައި އެފަރާތުން ރަށާއި، ޤައުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ބޭނުމުގައެވެ. މިގޮތުން މި އެވޯޑަކީ ރަށު ފެންވަރުގައި އެ އެރުވޭ އެންމެ މަތީ ދަރަޖައިގެ އެވޯޑެކެވެ

ކަލޭފާނު އެވޯޑް

މި އެވޯޑަކީ ރަށުފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ އެކިއެކި ޚިދުމަތްތަކެއް 25 އަހަރަށްވުރެ ދިގުމުއްދަތެއްގައި ކުރައްވާފައިވާ ފަރާތްތަކަށް އެފަރާތް ތަކުގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެރުވޭއެވޯޑެކެވެ

ތައްހާން އެވޯޑް

ތައްހާން އެވޯޑަކީ 15 އަހަރަށްވުރެ ދިގު މުއްދަތަކަށް އެކިއެކި ރޮގުން މުޖުތަމައު ބަލައިގަންނަ ފަދަ ޚިދުމަތްތަކެއެއް ކުރައްވާފައިވާ ފަރާތްތަކަށް އެރުވޭ ޝަރަފުވެރި އެވޯޑެކެވެ. މި އެވޯޑު ދިނުމުގެ މައިގަނޑު ގޮތެއްގައި ބެލެވޭނީ މުޅި މުޖުތަމައުއަށް އެކަމުގެ ސަބަބުން ލިބިގެންދާ ފައިދާގެ މައްޗަށްށެވެ

ނޫރާނީ އެވޯޑް

ތައުލީމީރޮނގުން ރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލް9 ( މާސްޓާރސް ލެވެލް) ހާސިލް ކޮށްފައިވާ ރ މީދޫގެ ފަރާތްތަކަށް އެރުވޭ އެވޯޑްއެކެވެ

ޙިފްޒު ކުރުމުން އެރުވޭ އެވޯޑް

މި އެވޯޑް އެރުވޭނީ ކީރިތި ޤުރުޢާން ހިފްޒުކޮށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތަކަށް ކިޔައިދީފައިވާކަމުގެ ލިޔުން މަހާސަނަދު ކޮމިޓީއަށް ހުށަހަޅައި ކޮމިޓީން ރިޢާޔަތް ކުރުމަށް ފަހުގައެވެ

ނޫރާނީ ފިލާ

ތައުލީމީ ދާއިރާއިން ނަމަ އޯލެވެލް އަދި އޭލެވެލް އިމްތިހާނުގެ ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފާހަގަކުރާ ޓޮޕް 10 ގެ ވަނައެއް ހާސިލްކުރައްވާފައިވާ ފަރާތްތަކަށެވެ

އަބުރުވެރި ޚާކިމާގެ ފިލާ

ރަށުގެ ސަރުކާރުގެ މަގާމެއްގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާ އަދި ވަޒީފާގެ ސަބަބުން މުޖުތަމައުއަށް ފައިދާ ލިބިފައިވުން

ނަލަނަލަ މީދޫ އެވޯޑު

މި އެވޯޑަކީ ސާފް ނަލަނަލަ މީދޫ މި ޕޮރޮގްރާމުގެ ދަށުން ރަށުގެ ސާފުތާހިރުކުރުމާއި ރީތިކަށް ދެމެހެއްޓުމަށްޓަކައި އަމިއްލަ ފަރުދީ ގުރޫޕްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ގުރޫޕަކަށް ނުވަތަ އަމިއްލަ ފަރުދަކަށް އެރުވޭ އެވޯޑެކެވެ. މި އެވޯޑްދިނުމުގައި ބެލެވުނު އެންމެ މުހިއްމު އެއް ނުކުތާއަކީ ފަރުދީ ޒިންމާއެއްކަމުގައި ދެކިގެން އެފަރާތް ތަކުން ކުރަމުން ގެންދާ މަސައްކަތް ތަކާއި ގުޅިގެން އެކުވެރިކަމާއެކު ރަށަށް ހޯދައިދޭ ރީތިނަމަށްށެވެ

މަދަދު އެވޯޑު

މި އެވޯޑަކީ މީދޫ އަށް އެކިއެކި ގޮތްގޮތުން ކޮންމެ އަހަރަކުވެސް އެންމެ ގިނަ ކަންކަމުގައި އެހީތެރިވެދޭ ރިސޯޓްތަކުގެ ތެރެއިން އެންމެ މަތީ މާކުސް ލިބޭ 1 ރިސޯޓަކަށް ރ.މީދޫ ކައުންސިލުން އެރުވޭ ޝަރަފްވެރި އެވޯޑެކެވެ

ފަންނުވެރި ފިލާ

އެކި ފަންނުތަކުން 20 އަހަރަށް ވުރެ ދިގުމުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް

ލާމަރުކަޒީ ފިލާ

ލާމަރުކަޒީ ފިލާ ދެވެނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތައް ހިންގުމަށް ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ކައުންސިލަރުން ފުރިހަމަ ދައުރެއް ހަމަކުރައްވާފައިވާނަމަ އެބޭފުޅުން ރަށަށްކޮއްދެއްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ

ކައްޗޭ އެވޯޑް

މި އެވޯޑަކީ ރަށުގެ އެކިއެކި ތަންތަނާއި،އިހުގެ މީސްމީހުންގެ ތާރީޙާއި ޘަޤާފަތް ފަހުގެ ޖީލުތަކާއި ހަމައަށް ފޯރުކޮށްދިނުމަށް އެކިއެކި ފަރާތްތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަންކުރުމުގެ ގޮތުން ރ.މީދޫ ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ